Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ސިނގިރެޓް ބޯ މީހުން މާ ހޫނުކޮޮށްް ސައި ނުބޯތި!

ހޫނު ސައިދެމެދު ގުޅުވައތަށްޓަކުން ލޮލުގެ ބަލިތަކަށް ފަރުވާ ލިބުނަސް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ހޫނު ސަޔަކީ އެހާ ރަނގަޅު އެއްޗެއް ނޫނެވެ. ހާއްސަކޮށް ސައި މާ ހޫނުކޮށެވެ.

ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މާ ހޫނުކޮށް ސައި ބޯ ނަމަ އެސަފޮޖީލް ކެންސަރުގެ ބިރު އެބަ އޮތެވެ. އެސަފޮޖީލް ކެންސަރަކީ އަނގަ އާއި ބަނޑާ ގުޅުވައިދޭ ޓިއުބަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ.

ދިރާސާ ހެދި ޗައިނާގެ ޕާކިން ޔުނިވަސިޓީގެ ޖުން އެލްވީ ސީއެންއެން އަށް ވިދާޅުވީ މީގައި އެންމެ ނުރައްކާތެރި އެއް ގޮތަކީ ދުންފަތުގެ އިސްތިއުމާލު ކުރަމުން މާ ހޫނުކޮށް ސައި ބުއިން ކަމަށެވެ.

ދިރާސާގައި ބުނާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ހޫނުކޮށް ސައި ބޯ ނަމަ، އެސަފޮޖީލް ކެންސަރު ޖެހުމުގެ ބިރު އެ ނޫން މީހުންނަށް ވުރެ ތިން ގުނަ ބޮޑެވެ.

"މީގެ ސަބަބުން އެސަފޮޖީލް ކެންސަރަށް މީހާ ހުށަހެޅި ދާނެ ކަމުގެ ބިރު އެބަ އޮތް. ހަމަ އެގޮތަށް އާންމުކޮށް ބަނގުރާ ބޯ މީހުން ވެސް ހޫނުކޮށް ސައި ބޯ ނަމަ ކެންސަރުގެ ބިރު އެބަ އޮތް،" އޭނާ ވިދާޅުވީ އެވެ.

ޑަބްލިއުޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެސަފޮޖީލް ކެންސަރުގައި އަހަރެއްގެ މައްޗަށް 400،000 މީހުން މަރުވެ އެވެ.