Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

އެކްޓަރު އިދްރީސް އެލްބާ އެންގޭޖްވެއްޖެ

އިނގިރޭސިވިލާތަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިދްރީސް އެލްބާ އެންގޭވެއްޖެ އެވެ.

ކައިވެންޏަށް ކުރުމާ ދޭތެރޭ ކުރިން ދެ ހިޔާލެއް ގެންގުޅެމުން އައި އެކްޓަރު އެންގޭޖްވީ އޭނާ ރައްޓެހިވެގެން އުޅޭ ވެންކޫވާގެ ކުރީގެ ރީތީގެ ރާނީ ސަބްރީނާ ދައުރީ އެވެ.

އެ ދެ މީހުން ރަސްމީކޮށް އެންގޭމަންޓް އިއުލާން ކުރީ އިދްރީސް ޑައިރެކްޓްކޮށްފައިވާ "ޔާޑީ" ޕްރިމިއާ ކުރަން ލަންޑަންގެ ތިއޭޓަރެއްގައި ބޭއްވި ހަފުލާއެއްގެ ތެރޭގަ އެވެ.

އެ ހަފުލާގައި ސްޓޭޖް މަތީގައި 45 އަހަރުގެ އެކްޓަރި ވަނީ ސަބްރީނާ އަށް ޕްރޮޕޯޒް ކުރުމަށް ފަހު، ދެ މީހުން ބައްދައިލުން އޯޑިއަންސް އަތްތިލަ ބަޑިންނާއި ހަޅޭކުން އަޑު މަރުހަބާ ކިޔެ އެވެ.

"ތޯ" އާއި "ޕެސިފިކް ރިމް" ފަދަ އެތައް ފިލްމެއް ކުޅެފައިވާ އިދްރީސް އާއި ސަބްރީނާ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވި ނަމަވެސް، ދެ މީހުން އެކަން ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅުމަށް ފަހު، އެކުގައި އާންމުންގެ ތެރެއަށް ނުކުތީ މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި އިދްރީސްގެ ފިލްމް "މޮލީޒް ގޭމް" ގެ ޕްރިމިއާގަ އެވެ.

އިދްރީސް ކުރިން ވަނީ އޭނާ ކައިވެންޏެއް ކުރާނެތޯ އަމިއްލަ އަށް ސުވާލު ވެސް އުފައްދައިފަ އެވެ.

އެންގޭޖްވި ނަމަވެސް ކައިވެނީގެ ވާހަކައެއް އަދި ނުދެކެވެ އެވެ.