Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

"ވަން" ފެނުގެ އާ ޕެކެޖްތަކެއް ތައާރަފުކޮށްފި

އައްޑޫގައި ތައްޔާރުކޮށް މިހާރު ވިިއްކަމުން އަންނަ "ވަން" ފެނުގެ އާ ޕެކެޖްތަކެއް ތައާރަފުކޮށްފި އެވެ.

އެގޮތުން ކަސްޓަމަރުންނަށް ހާއްސަކޮށްގެން އާ ތިން ޕެކެޖެއް މިހާރު ލިބެން ހުންނާނެ ކަމަށް ވަން ޑިގްރީ ސައުތް އައްޑޫ ފެކްޓަރީ އިން ބުންޏެވެ.

މި ތިން ޕެކޭޖަށް ބަލާ އިރު، ޕްލެޓިނަމް ޕެކޭޖްގެ އަގަކީ 2،455ރ. އެވެ. ގޯލްޑް ޕެކޭޖް 2،355ރ. އަށް ލިބޭ އިރު، ސިލްވަ ޕެކޭޖްގެ އަގަކީ 2،255ރ. އެވެ.

އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ހަވީރު 4:30 އަށް، އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 3:30 އަށް ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީގެ ނަންބަރު 6880001 އަށް ގުޅައިގެން ހިދްމަތަށް އެދެވޭނެ އެވެ.

މިދިޔަ އަހަރުން ފެށިގެން "ވަން" ފެން ވިއްކަމުން އަންނަ އިރު، މި ފެނަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ. އަދި ފެން އިޝްތިހާރު ކުރުމަށް ވަން ޑިގްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.