Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

"ވަކިން ލޯބިން" އައްޑު އަށް، ޓިކެޓް ބުކްކުރެވޭނެ

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ މަހުގެ 5 ގައި އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރާ ފިލްމް "ވަކިން ލޯބިން" އައްޑޫގައި ވެސް ދައްކާ ގޮތަށް ނިންމައި، ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ސްޓޫޑިއޯ އިން ބުނި ގޮތުގައި އައްޑޫގެ ދެ އަވަށެއްގައި މި ފަހަރު އަޅުވާނެ އެވެ. އެއީ މަރަދު އާއި މީދޫގަ އެވެ.

މީދޫގައި މާޗް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަޅުވާ ޝޯގެ ޓިކެޓް 9902388 އަށް ގުޅައިގެން މިހާރު ބުކް ކުރެވޭނެ އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނަށް ހާއްސަކޮށްގެން މަރަދޫ ބޮޑޮގޭގައި ތިން ޝޯ ދައްކަން ވަނީ ހަމަޖެހިފަ އެވެ. އެއީ މާޗް 8، 9 އަދި 10 ގަ އެވެ. އަދި މި ޝޯތަކުގެ ޓިކެޓް 9999641 އަދި 9997049 އަށް ގުޅައިގެން މިހާރު ބުކް ކުރެވޭނެ އެވެ.

"ވަކިން ލޯބިން" އަކީ އައިޝަތު ފުއާދު ތައުފީގްގެ ސްކްރިޕްޓަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެެކްޓްކޮށްފައިވާ ފެމިލީ ޑްރާމާއެކެވެ.

ފިލްމައި ލީޑް ރޯލް ކުޅެފައި ވަނީ ޖުމަލްޔިލް ނިމާލާއި މަރިޔަމް މަޖުދާގެ އިތުރުން ނުޒުހަތު ޝުއައިބް އެވެ.