Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

މެޑަމް ފާތުން އައްޑު އަށް ވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ އަންނަ ހުކުރު ދުވަހު އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހުކުރު ދުވަހު މެޑަމް ފާތުން އައްޑު އަށް ކުރައްވާ ދަތުރުގައި ޕީޕީއެމްގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

"އެންމެ ގާތުން" ގެ ނަމުގައި މެޑަމް ފާތުން ރައްޔިތުންނާ ބައްދަލު ކުރައްވަން ކުރައްވާ ދަތުރުގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19-23 އަށް ވެސް އައްޑު އަށް ވަނީ ދަތުރެއް ކުރައްވައިފަ އެވެ.

އެ ދަތުރުގައި "އަފިރިންނަސް ތައްޔާރަ" ގެ ނަމުގައި ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ބާއްވައި، އައްޑޫގެ އަވަށްތަކަށް ވަކިވަކިން ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ.

މެޑަމް ފާތުން މި ފަހަރު އައްޑު އަށް ވަޑައިގަންނަވާ އިރު، ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކުން އަންނަނީ ސުޕްރީމް ކޯޓުން މި މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުވުމަށް ގޮވާލައި އަތޮޅުތަކުގެ ވީހާ ވެސް ގިނަ ރައްޔިތުން ހުކުރު ދުވަހު މާލެ އައުމަށް ވެސް ގޮވާލަމުންނެވެ.