Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ރެހެންދި އެވޯޑް މި ފަހަރު ތިން ކަނބަލަކަށް

މިދިޔަ އަހަރުގެ "ރެހެންދި އެވޯޑް" ލިބިލެއްވި ފަރާތްތައް - ފޮޓޯ: ޓްވިޓާ

ދިވެހި މިއަދު ފާގަގަ ކުރާ އަންހެނުންގެ ދުވަހާ އެކު އަންހެން ކަނބަލުންގެ ހިދުމަތްތަކުގެ އަގު ވަޒަންކޮށް ދޭ ރެހެންދި އެވޯޑް މި އަހަރު ތިން ކަނބަލަކަށް ދީފި އެވެ.

އެވޯޑް ލިބުނީ ހ. މާހާ އައިމިނަތު ވަހީދާ އާއި، ޅ. ނައިފަރު، ސީސައިޑް، ފާތުމަތު ނަޝްވާއާއި، ނ. ކުޑަފަރީ ލަކީ ކޯނާ، ޒޫނާ ނަސީމަށެވެ.

ވަހިދާއަކީ އައިޖީއެމްއެޗްގެ ބްލަޑް ސާވިސަސްގެ ޑިރެކްޓަރެވެ. ފާތުމަތު ނަޝްވާއަކީ ފުލުހުންގެ އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމު ހުންނެވި ކަނބަލެކެވެ. ޒޫނާއަކީ 23 އަހަރު ޑައިވިންގެ ދާއިރާއަށް ޚިދުމަތްކޮށްފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރާ ކަނބަލެކެވެ.

މިއަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބް ރައީސް އަބްދުﷲ ޖިހާދެވެ.

އެ ރަސްމިއްޔާތުގައި ޖިހާދު ވިދާޅުވީ އެވޯޑް ލިބުނު ތިން އަންހެން ކަނބަލުންނަކީވެސް ގައުމަށް ވަރަށް އިހްލާސްތެރި ހިދުމަތެއް ދިގު މުއްދަތެއް ވަންދެން ކޮށްދީފައިވާ އަދި މިހާރުވެސް ހިދުމަތުގައި ދެމި ތިބި ކަނބަލުން ކަމަށެވެ. އަދި މިއަދު ލިބުނު އެވޯޑުގެ ސަބަބުން އިތުރު ހިތްވަރެއް ލިބި ގައުމީ ހިދުމަތުގައި ކުރިއަށް ދިއުމުގައި ދެމި ތިއްބެވުމަށް ވެސް ނައިބް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.