Last Updated: April 19, 06:24
Friday, April 19, 2024
މުނިފޫހިފިލުވުން

"ވަކިން ލޯބިން" ގެ ޕްރިމިއާ މިރޭ އައްޑޫގައި

ޑާކް ރެއިން އެންޓަޓައިންމަންޓުން މި މަހުގެ 5 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރި ފިލްމް "ވަކިން ލޯބިން" މިރޭ އައްޑޫގައި ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މަރަދޫ ބޮޑޮގޭގައި މި ރެއިން ފެށިގެން ފިލްމްގެ ތިން ޝޯ ދައްކަން ނިންމާފައިވާ އިރު، ފިލްމް ޕްރިމިއާގައި މިރޭ "ވަކިން ލޯބިން" ގެ ލީޑް ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާގެ އިތުރުން ޑައިރެކްޓަރު އަލީ ޝިފާއު ބައިވެރި ވާނެ އެވެެ.

އެ މީހުން އައްޑު އަށް އައީ މިއަދު ހެނދުނު އެވެ.

މިރޭ މަރަދޫގައި ފިލްމް ޕްރިމިއާ ކުރުމަށް ފަހު، މާދަމޭ ހުޅުމީދޫގައި ވެސް ތަރިންނާ އެކު "ވަކިން ލޯބިން" ޕްރިމިއާ ކުރާނެ އެވެ.

މަރަދޫ ޝޯތަކުގެ ޓިކެޓް 9999641 އަދި 9997049 އަށް ގުޅައިގެން މިހާރު ބުކް ކުރެވޭނެ އެވެ. ހުޅުމީދޫ ޝޯގެ ޓިކެޓް 9902388 އަށް ގުޅައިގެން ހޯދޭނެ އެވެ.

މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފެމިލީ ޑްރާމާއެކެވެ. "ވަކިން ލޯބިން" ޕްރޮޑިއުސްކޮށްފައި ވަނީ އައިޝަތާއި މުހައްމަދު އަލީ (މޮގާ) އެވެ.