Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އައްޑޫގައި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑްގައި ދާދި ދެންމެ އެކު ނުރައްކާތެރި އެކްސިޑެންޓެއް، ހިނގައި ފިރިހެނަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ލިންކް ރޯޑް ކުނިކޮށްޓާ ދިމާލުން ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ހާދިސާގައި މަރުވެފައިވަނީ ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަމްޝް ރިޔާޒް އެވެ.

މިރޭ ހިނގި އެކްސިޑެންޓްގައި ނިޔާވި ރަމްޝު ރިޔާޒު

އެނގިފައިވާ ގޮތުގައި އޭނާއަކީ ޝަންގްރިއްލާ މުވައްޒަފުންނަށް ބަހުގެ ހިދުމަތް ދޭ ލިއޯ ކުންފުނީގެ ޑްރައިވަރެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރު ވަނީ ބުނެފައެވެ.

ހޮސްޕިޓަލުގައި ހުރި "އައްޑޫލައިވް"ގެ ނޫސްވެރިޔާ ބުނީ އޭނާއަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން ފަޔާއި އަތް ބިނދިފައިވާކަމަށެވެ.

މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ އިރު، ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއރަ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބް ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން ހަތަރު މީހަކު ހޮސްޕިޓަލަށް ގެނައިކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެކްސިޑެންޓްވި ކާރުގައި ތިބި ތިން މީހުންނާއި ސައިކަލް ދުއްވަންއިން މީހާއެވެ. ސައިކަލް ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެނައިރުވެސް މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކާރުގައި އިން އެކެއްގެ ލޮލަށް ގެއްލުން ލިބިފައިވާ އިރު ދެން ތިބި ދެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ނަޖީބް ވިދާޅުވިއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން "އައްޑޫލައިވް"އަށް ކިޔައިދިން ގޮތުގައި މިއެކްސިޑެންޓަކީ އައްޑޫގައި ހިނގި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓް ކަމަށެވެ.