Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

މޯލްޑިވިއަން އައިިޑޮލްގެ ގާލާ އަންނަ ހަފުތާގައި

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑަށް ދަތުރު ކުރި 12 ބައިވެރިން ޔަގީންވެ، އަންނަ ހަފުތާގައި މުބާރާތުގެ ގާލާ ރައުންޑްގެ ޝޯތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މިފަހަރުގެ ސީޒަންގެ ގަދަ 12 އިން ޖާގަ ހޯދި ފުރަތަމަ 6 ބައިވެރިން މިދިޔަ ހަފުތާގައި އިޢުލާންކޮށްފައިވާ އިރު، ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯގައި ވާދަކުރި ބައިވެރިންގެ ތެރެއިން، ކުރިއަށް ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިން ރޭ ވަނީ ޔަގީންވެގެން ގޮސްފަ އެވެ.

ރޭގެ ޝޯވގައި ޖަޖުންގެ 50 ޕަސަންޓް ވޯޓާއި ބެލުންތެރިންގެ 50 ޕަސަންޓް ވޯޓުން އެންމެ މަތިން މާކްސް ލިބިގެން ކުރިއަށް އޮތް ގާލާ ރައުންޑަށް ދަތުރުކުރި ހަ ބައިވެރިންނަކީ ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް އަދި މަރިޔަމް ސަލްވާ އެވެ.

ރޭ ކެޓި ދެ ބައިވެރިންނަކީ މޫސާ އިޝާން އަދި އަޙްމަދު ނާޒިހެވެ.

ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ޝޯތަކާއެކު އައިޑަލްގެ ފޯރި އިތުރަށް ގަދަވެގެން ދާނެ އެވެ.

ގާލާ އިން ފުރުސަތު ލިބުނު އަނެއް ހަ ބައިވެރިންނަކީ އައިޝަތު އަޒަލް ޒާހިރު، އަބްދުﷲ މުރްޝިދް، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، ޝާން ޝަރީފް އަދި ގޯލްޑެން މައިކް ހާސިލް ކުރި ރައިހާން އާދަމެވެ.