Last Updated: April 23, 21:11
Tuesday, April 23, 2024
މުނިފޫހިފިލުވުން

އަދިތިޔާ ދުއްވި ކާރު އެކްސިޑެންޓްވެއްޖެ

އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން ދުއްވި ކާރު އެކްސިޑެންޓްވެ، ބަޔަކު އަނިޔާވި މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށް ފަހު، ކަފާލާތުގެ ދަށުން އިއްޔެ ދޫކޮށްލައިފަ އެވެ.

އަދިތިޔާއަކީ އިންޑިއާގެ އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އުދިތު ނާރަޔަންގެ ހަމައެކަނި ދަރިފުޅެވެ. ބޮލީވުޑްލައި ލަވަކީ ނަމަވެސް، މާ ބޮޑު މަޝްހޫރު ކަމެއް ލިބިފައި ނުވާ އަދިތިޔާ ވަނީ 2016 ގައި ރާއްޖެ ޓީވީ ނައިޓް ޝޯގައި ބައިވެރިވާން ރާއްޖެ ވެސް އައިސްފަ އެވެ.

އޭނާ ވަނީ ބައެއް ފިލްމްތަކުގައި އެކްޓް ވެސް ކޮށްފަ އެވެެ.

ރިޕޯޓްތައް ބުނާ ގޮތުން އަދިތިޔާގެ ކާރު ވާސޯވާގައި އެކްސިޑެންޓްވީ، ރިކްޝާއަކާށ ޖެހިގެންނެވެ. މި ހާދިސާހައި އަދި އޭގައި ތިބި ދެ މީހަކަށް އަނިވުމުން، އެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އަދިތިޔާ އެވެ.

މި ހާދިސާގައި އޭނާ ހައްޔަަރުކޮށް 5،000 ރުޕީސްގެ ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އަދިތިޔާ ކާރު ދުއްވީ މަސްތުވެގެން އިނދެތޯ ބެލުމަށް އޭނާގެ ލޭ ނަގައި، ޓެސްޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން އެއާޕޯޓެއްގެ ޓާމިނަލް ތެރޭގައި އެއާޕޯޓްގެ މުވައްޒަފަކާ އަދިތިޔާ ޒުވާބު ކުރާ މަންޒަރު ވެސް ދައްކުވައިދޭ ވީޑިއޯއެއް ލީކްވި އެވެ. އެ ފަހަރު މައްސަލައަކަށްވީ ކަނޑައަޅާފައިވާ އަދަދަށް ވުރެ އޭނާގެ ލަގެޖްތައް ބަރުވުމުން އެ ވާހަކަ ބުނުމުން މައްސަލަ ހޫނުވުމެވެ.

ކަލާޒް އިން މިހާރު ދައްކާ ކޮމެޑީ ޝޯ "އެންޓަޓައިންމަންޓް ކީ ރާތު" އިން އަދިތިޔާ ފެންނާނެ އެވެ.