މި މަހުގެ މެދުތެރޭގައި ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމުގެ ޝޫޓިން ނިންމައިލުމަށް ފަހު، އެކްޓަރު ކާތިކް އާރިއަން އޭނަގެ އާ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޝޫޓިން ފަށައިފި އެވެ.
އަންނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަމްގެ ފިލްމެކެވެ.
މީގެ ޑައިރެކްޓަރަކީ ކާތިކާއި ކިއާރާ އަދުވާނީއާ އެކު 2023 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ސަތިއަޕްރޭމް ކީ ކަތާ" ގެ ޑައިރެކްޓަރު ސަމީރު ވިދުވަންސް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ. އެކަމަކު ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ކާތިކާއި އަނަންޔާ ކުރިން ވެސް އެކީގައި ފިލްމެއް ކުޅެއިވެ އެވެ. އެއީ 2019 ގެ "ޕަތީ، ޕަތުނީ އޯރް ވޯ" އެވެ.
ޑައިރެކްޓަރު އަނޫރާގާ އެކު ކާތިކް މަސައްކަތްކުރި އަސަރު ގަދަ ލޯބީގެ ފިލްމަކީ މި އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. ޓީ ސީީރީޒުން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމުގެ ނަން އަދި އިއުލާންކޮށްފައި ނުވާ އިރު، އޭގެ ބަތަލާ އަކީ ސްރީލީލާ އެވެ.
ކާތިކްގެ އެންމެ ފަހުފެ ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ.