Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ދުއާ ކުރަނިކޮށް ފަރާ ހައްޔަރުކޮށްފި

ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓާ ހައްޔަރު ކުރި މީހަކު ފުރަގަހަށް ބިޑި އަޅުވާފައި

މިއަދުގެ ހުކުރު ނަމާދަށް ފަހު މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް) ގެ ބޭރުގައި ބޭއްވި ދުޢާ ކުރުމުގެ ތެރޭގައި ހުއްޓާ ހިތަދޫ، ރީފް ސައިޑް، އަހްމަދު ފަރުހާން (ފަރާ) ހައްޔަރުކޮށް ބިޑި އަޅުވައިގެން ގޮސްފިއެވެ.

fara2

މަންޒަރު ދުށް މީހަކު ބުނީ ގިނަ ބަޔަކު އެކުގައި ދުޢާ ކުރަން ތިއްބައި ފުލުހުން ވަދެ ފަރާ ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޮން ކަމަކާއި ގުޅިގެން ކަން އަދި ސާފެއް ނުވެ އެވެ.

ފަރާ އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ، ފުލުހުންގެ ބެލުމުގެ ދަށައް ފަރާ ގެންގޮސްފައިވާ އިރު ކޮންމެ ހުކުރު ދުވަހެއްގައި ފަޒާ މިސްކިތް ކައިރީ ދުޢާ ކުރުން ބާއްވަ އެވެ.