ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަހުމަދު ސިނާންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށް ދީފި އެވެ.
އިލްހާމް އާއި ސިނާން ހައްޔަރުކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ތަނުން އެއާޕޯޓުންނެވެ. ނަމަވެސް ފަހުން ކޯޓުން ވަނީ އެ ދެ ބޭފުޅުން ދޫކޮށްލައި ފައެވެ.
ސިނާން އާއި އިލްހާމް އަލުން ހައްޔަރުކޮށްފައި ވަނީ މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވައި ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވިކަމުގެ ތުހުމަތު ގައެވެ.