Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ނާޒިމް ސައްތާރު ދޫކޮށްލައިފި

މަޝްހޫރު ގާނޫނީ ވަކީލް އަދި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ފުލުހުންގެ ބަންދަށް ގެންދިއުމަށްފަހު ދޫކޮށްލައިފިއެވެ.

ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަން ސާފެއް ނުވެއެވެ.

ނާޒިމް މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބަންދުން ސަލާމަތްވެފައިވާ ކަމަށާއި މާލެ ދިއުމަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.

ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރާ ގިނަ މީހުންގެ ވަކީލަކަށް ވަޑައިގަންނަވާ ނާޒިމް ހައްޔަރު ކުރެއްވި އިރު ފަހަކަށް އައިސް ނާޒިމް ގެންދަވަނީ ދޫނިދޫ ޖަލުން ފެންނަ އަދި ދިމާވާ ހާދިސާ ތަކުގެ ވާހަކަ ޓްވިޓަގައި ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވާ މާދޫންޏެއްގެ ވާހަކަ އާއި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަހުމަދު އަރީފްގެ ވާހަކައިގެ އިތުރުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަމްޒީލް އަބްދުއްސަމަދާއި ގުޅޭ ޓްވީޓުތަކެއް ވަނީ ކުރައްވައިފައެވެ.