Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ރޭގެ މުޒާހަރާ އިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ރޭ މާލޭގައި ކުރިއަަށް ގެންދިޔަ މުޒާހަރާ ތެރެއިން ހައްުޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

ރޭގެ މުޒާހަރާތެރެއިން 15 މީހަކު ހައްޔަރު ކުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އަންހެނަކާއި 14 ފިރިހެނުންނެވެ.

މާޗް 16 ވަނަ ދުވަހުގެ މުޒާހަރާ ތެރެއިން 141 މީހަކު ހައްޔަރުކޮށްފައިވާއިރު ގިނަ މީހުން ވަނީ ދޫކޮށްލާފައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ މުޒާހަރާ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް ޖެހިގެން އަންނަ ދުވަހު އެމީހުންތައް ދޫކޮށްލައެވެ.