Last Updated: June 10, 20:48
Thursday, June 11, 2026
މުނިފޫހިފިލުވުން

"ފުކްރޭ" ގެ ޓްރެއިލާ ލޯންޗްކޮށްފި

ހަތަރު އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ "ފުކްރޭ" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

މީގެ ކުރިން ވެސް އެކުވެރިންތަކެއްގެ ހަޔާތުގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް "ދިލް ޗާހަތާ ހޭ" އާއި "ޒިންދަގީ ނާ މިލޭދީ ދޮބާރާ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އެކްސެލް އެންޓަޓައިންމަންޓުން މި ފަހަރު ގެނެސްދޭ "ފުކްރޭ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ޕުލްކިތު ސަމަރަތު، މަންޖޯތު ސިންގް، އަލީ ފަޒަލް އަދި ޕަންކަޖް ތްރިޕަތީ އެވެ.

މި ފިލްމްގެ ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ ރިޗާ ޗައްދާ އަދި ވިޝާކާ ސިންގް އެވެ.

ޑައިރެކްޓަރު/އެކްޓަރު ފަރްހާން އަހްތަރު އާއި ރިތޭޝް ސިދްވާނީ ޕްރޮޑިއުސްކޮށްފައިވާ "ފުކްރޭ" ގެ ސްކްރީންޕްލޭ ތައްޔާރުކޮށް ޑައިރެކްޓްކޮށްފައި ވަނީ މިރްދީޕް ސިންގް ލާމްބާ އެވެ.

ރާމް ސަމްޕަތު މިއުޒިކް ތައްޔާރުކޮށް ދީފައިވާ "ފުކްރޭ" ސިނަމާތަކަށް އަންނާނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.