Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

އަމީތު ފުލުހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓް ހަވާލު ކޮށްފިއެވެ.

އާދިއްތަ ދުވަހު އޭނާއަށް ޗިޓް ހަވާލުކޮށްފައިވަނީ ރާއްޖެޓީވީގެ ޕްރޮގުރާމެއް ނިންމާފައި ނިކުންނެވި ވަގުތު ރާއްޖެޓީވީ އޮފީސް ކުރިމަތިން ކަމަށް ރާއްޖެއެމްވީ އިން ރިޕޯޓް ކުރެއެވެ.

އަމީތު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ހޯމަ ދުވަހުގެ ރޭ 21:30 އަށެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މާލޭގެ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރުދީ މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައިވާ މައްސަލަ އާއި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަށް ގޮވާލައި އެ ދުވަހު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ދެއްދެކެވި ވާހަކަތަކުގެ މައްސަލައިގަ އެވެ.

މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަށް ގޮވާލައި ވާހަކަ ދެއްކެވި ކަމަށްބުނެ އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުވެސް ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފަ އެވެ.