Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ކަމަދު އާއި ތުޅާދޫ ކައުންސިލްގެ ރައީސާއި ނައިބު ވެސް ސަސްޕެންޑް

ބ.ކަމަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި ބ.ތުޅާދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތުޅާދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދުއާއި، ނައިބް ރައީސް ޒިއާއު ރަޝީދު ސަސްޕެންޑް ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ތުޅާދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރުމުގެ ސަބަބުން ކަމަށެވެ.

އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަމަދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި ނާއިބް ރައީސް އަހްމަދު ސާޖިދުވެސް ސަސްޕެންޑް ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ކަމަދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރުމުގެ ސަބަބުން ކަމަށެވެ.

މި ދެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ވެސް ސަސްޕެންޑް ކޮށްފައިވަނީ އެއް މަސް ދުވަހަށެވެ.

އެނގިފައިވާ ގޮތުގައި ދެ ކައުންސިލުންވެސް ނެރުނު ބަޔާނެެއް ކަމަށް އެލްޖީއޭއިން އިޝާރާތް ކުރަނީ މިދިޔަ ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ދެކައުންސިލުން ނެރެފައިވާ ބަޔާނަކަށެވެ.