Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

"ކައުންސިލަރު ކަމަށް އައީ ހައްގުގައި ބަސް ބުނަަން"

އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގެންނެވީ ރައްޔިތުންގެ ހައްގުގައި ބަސް ވިދާޅުވުމަށް ކަމަށާއި އެކަން ހުއްޓާ ނުލައްވާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުހައްމަދު(މާހު) ވިދާޅުވެއްޖެއެވެ.

މާހު މިހެން ވިދާޅުވީ، އިއްޔެ ލޯކަލް ގަވަރމަންޓް އޮތޯރިޓީން އޭނާގެ އިތުރުން 3 ކައުންސިލަރަކު ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ތާރީޚުގައި އެންމެ ފުރަތަމަ އަންހެން ކައުންސިލަރު ކަމުގައިވާ މާހު ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވީ 70 އިންސައްތައަށް ވުރެ ގިނައިން ވޯޓު ހޯއްދަވައިގެންނެވެ.

އެލްޖީއޭގެ ފަރާތުން ސަސްޕެންޑް ކުރުމަށް އިޝާރާތް ކުރައްވައި މާހު ވިދާޅުވީ "ތިޔަހެން ކުރާ ކަމަކުން ބިރެއް ނުގަންނަ ކަމަށާއި މިހިރީ ވަރަށް ސާބިތު ކަމާއި އެކު" ކަމަށެވެ.

"ސަސްޕެންޑް ކުރާ ވަރުގެ ކުށެއް ކޮށްފައެއް ނޯންނާނެ. ރައްޔިތުންގެ ހައްގުގައި ބަސްބުނަން މިތަނަށް މަ އައީ އަޅުގަނޑު އެކަމެއް ނުހުއްޓާނަން." މާހު ވިދާޅުވިއެވެ.

މާހު އިތުރަށް ވިދާޅުވި ގޮތުގައި އޭނާ އަކީ ރައްޔިތުންގެ މީހެއް ކަމަށާއި އަދި ކައުންސިލަށް އިންތިޙާބުވީ ވެސް ރައްޔިތުންގެ ފުރިހަމަ ތާޢީދާއި ލޯބި ލިބިގެން ކަމަށެވެ.