Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

މަރަދޫ "ކޮންކޯޑް" ދޯނީގެ ހަބަރެއް ނުވެގެން ހޯދަނީ

މަސް ދޯންޏެއް މަރަދޫ ބަނދަރުން ނިކުންނަނީ: ފޮޓޯ/ އައްޑޫލައިވް

މަހަށް ނުކުމެ އުޅުނު މަރަދޫ "ކޮންކޯޑް ދޯނީގެ ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ ރޭ 8:30 ހާއިރު ސެޓްލައިޓް ފޯނު މެދުވެރިކޮށެވެ. އޭގެ ފަހުން ދޯންޏާ ނުގުޅޭތީ އެކަން ވަނީ އެމްއެންޑީއެފަށް ރިޕޯޓްކޮށްފަ އެވެ.

"ކޮންކޯޑް" ދޯނި ފެނިފައިވާ ކަމަށާއި އެ ދޯންޏަށް އެމްއެންޑީއެފްއިން އެހީތެރިވަމުން އަންނަ ކަމަށް އައްޑޫގައި ހިންގާ ނޫހަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ "އައްޑޫލައިވް" އަށް ޔަގީންކޮށް ދީފަ އެވެ.

މިދޯނީގައި 25 މީހުން މަހަށް ނިކުމެ ވާކަމަށް މައުލޫމާތު ލިބެއެވެ.