Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ނޫސްވެރިން ކޮފީ ބޯލަން އިލެކްޝަން ކޮމިޝަނަށް

އިލެކްޝަން ކަމިޝަން (އީސީ) އިން ނޫސްވެރިންނަށް ކޮފީ ދޭން ދައުވަތު ފޮނުވައިފި އެވެ.

އިލެކްޝަނުން "ކޮފީ ވިތު މީޑިއާ" ގެ ދައުވަތު އީމެއިލްގެ ޒަރީއާއިން މީޑިއާތަކާ ހިއްސާކޮށްފައިވާ އިރު މާދަމާ ހެނދުނު 10:00 އަށް ކޮންމެ މީޑިއާއަކުން ދެ ނޫސްވެރިން ބައިވެރިވުމަށް އީސީން ވަނީ އެދިފަ އެވެ.

އީސީގެ މެއިލްގައި ބުނީ މާދަމާގެ ކޮފީގައި ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާތަކާ މަޝްވަރާ ކުރާނެ ކަމަށެވެ.