Last Updated: July 1, 19:17
Wednesday, July 1, 2026
ސިޔާސީ

އެމްޑީޕީގެ ހާއްސަ ޖަލްސާއެއް މިރޭ ހިތަދޫގައި

އެމްޑީޕީގެ ކުރީގެ ޗެއަޕާސަން ރީކޯ މޫސަ/ ފޮޓޯ: ޖާޑޭ ފޮޓޯގްރަފީ

އެމްޑީޕީގެ ހާއްސަ ޖަލްސާއެއް މިރޭ ހިތަދޫ އީދިގަލި ކިޅި ސަރަައްދުގައި ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ މިރޭ އެ ޕާޓީން ބާއްވާ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކުއާއި، ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ރައީސް އަލީ ވަހީދު އާއި އިތުރު ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީގެ "ދޭތިން ފަހެތި" ކެމްޕެއިންގެ ދަށުން މިހަފްތާ ބަންދު ތެރޭގައި ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން ހުޅުމީދޫ އާއި މަރަދޫފޭދޫ އަދި ހިތަދޫގައި ވަނީ ކެމްޕެއިން ހިންގާފަ އެވެ.