Last Updated: April 25, 17:01
Thursday, April 25, 2024
ޚަބަރު

އައްޑޫގައި ޖަމާއަތްތެރިންގެ ޕޫލެއް އެކުލަވާލަނީ

އައްޑޫގެ އަވަށްތަގައި ކަށުކަމާކެމީގެ މަސައްކަތް ކުރުމަށް ގާއިމު ކުރާ ޕޫލަށް ޖަމާާއަތްތެރިން އަދި މަސައްކަތު މީހުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދު އަށް މިއިން ކޮންމެ ރަށަކަށް ފަސް އަންހެން ޖަމާއަތްތެރިންނާއި ފަސް ފިރިހެން ޖަމާއަތްތެރިން ބޭނުންވާ ކަމަށެވެ. އެ މީހުންގެ އުޖޫރަ އަށް ބަލާ އިރު، އިސް ޖަމާއަތްތެރިއެއްގެ އުޖޫރައަކީ 1،000ރ. އެވެ. އަދި އެހީތެރިއެއްގެ އުޖޫރައަކީ މީހަކަށް 900ރ. އެވެ.

އަދި ކޮންމެ ރަށަކަށް ހަތަރު އަންހެން މަސައްކަތު މީހުންނާއި ހަތަރު ފިރިހެން މަސައްކަތު މީހުން ވެސް ބޭނުންވެ އެވެ. އެ މީހުންގެ އުޖޫރައަކީ ވަޅުލާ ކޮންމެ މީހަކަށް 700ރ. އެވެ.

އެހެންވެ ޝައުގުވެރިވާ މީހުންނަށްނަށް ބާއްވާ އިންޓަވިއު މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ. އިންޓަވިއު އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓްގަ އެވެ.

އިތުރު މައުލޫމާތު 6880868 އަދި 3020200 ނަންބަރުން ހޯދޭނެ އެވެ.