Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ހަސަން ސައީދުގެ ޝަރީޢަތް ކެންސަލްކޮށްފި

ހަސަން ސައީދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު---

ޖުޑީޝަލް އެޑްމިނިސްޓްރޭޓަ ހަސަން ސައީދުގެ ޝަރީއަތް ސިއްރުކޮށް މިއަދު ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު 13:00 އަށް ކްރިމިނަލް ކޯޓްގަ އެވެ.

އެހެންނަމަވެސް، އެ އަޑުއެހުން މިހާރު ކެންސަލްކޮށްފައި ވާއިރު، އެ ޝަރީއަތް ކެންސަލް ކުރީ ކީއްވެގެންކަމެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ހަސަން ސައީދުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ފަނޑިޔާރުންގެ މަސައްކަތްތައް ނުފޫޒު ފޯރުވުމާއި، ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ. އަދި މިހާތަނަށް އޭނާގެ މައްޗަށް އުފުލާފައި ވަނީ އެންމެ ދައުވާއެއް ކަމަށް ވީނަމަވެސް ކުރިއަށް އޮތްތަނުގައި އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެއެވެ.