މ. މަޑުއްވަރީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ޖެހި މުޅި ރަށުން ކަރަންޓް ގޮސްފިއެވެ.
މަޑުއްވަރީ ކައުންސިލުން ބުނީ ރޭ ފަތިހުން ފެށިގެން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުން ގޮސް އެންމެ ފަހުން ހެނދުނު 6 ޖެހިއިރު ކަރަންޓް ކެނޑުނު ގޮތަށް އަދިވެސް ކަރަންޓް ނުލިބޭކަމަށެވެ.

އެގޮތުން މިއަދު ރަށުގެ އެކި މުވައްސަސާ ތަކުން ދެމުންދާ ހިދްމަތްތަކަށް ބުރޫ އަރާފައިވާ ކަމަށާއި ޕްރީ ސްކޫލް ކިޔެވުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުނީ އާ އިންޖީނެއް ރަށައް ގެނެސް އިންސްޓޯލް ކޮށްގެން ނޫނީ މައްސަލައައް ދާއިމީ ހައްލެއް ނުލިބޭނެކަމަށެވެ.
ކަރަންޓް ކެނޑުމާއި ގުޅިގެން އެރަށުގެ ބައެއް މީހުން ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށް އިންޖީނުގެ ސަރަހައްދަށް އެއްވެފައެވެ.
700 އެއްހާ މީހުން ދިރިއުޅޭ މިރަށައް ކަރަންޓް ދިނުމަށް މ. މުލަކުން ފެނަކައިގެ ޓެކްނިކަލް ޓީމެއް ވަނީ ގޮސް ފައެވެ.