ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި މެދު ހެންވެރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.
MDP PG Leader @ibusolih ge bandhaai medhu gotheh ninmunah Court ah haaziru kuraathee miadhu (19/3) mendhurufahu 3:00 ah Criminal Court kairiah vadaigendhevvun edhen pic.twitter.com/PT8hXapAQS
— MDP Secretariat (@MDPSecretariat) March 19, 2018
ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ގެ ރަސްމީ ޓްވިޓާ އެކައުންޓް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބޫ އާއި ޑެޕިއުޓީ ޕީޖީ ލީޑަރު އާޒއިމްގެ ބަންދާއިމެދު ގޮތެއް ނިންނުމަށް މިއަދު މެންދުރުފަހު 15:00 އަށް ކޯޓަށް ހާޒިރުކުރާ ކަމަށެވެ.
MDP PG ge Deputy Leader MP @aliaazim ge bandhaai medhu gotheh ninmunah Court ah haaziru kuraathee miadhu (19/3) mendhurufahu 3:00 ah Criminal Court kairiah vadaigendhevvun edhen pic.twitter.com/hP3M5jQLNX
— MDP Secretariat (@MDPSecretariat) March 19, 2018
އަދި އެވަގުތު ކްރިމިނަލް ކޯޓް ކައިރިއަށް ވަޑައިގެންދެއްވުމަށް ވެސް އެމްޑީޕީ އިން ވަނީ އެދިފައެވެ.
އެނގިފައިވާ ގޮތުގައި އެ ދެބޭފުޅުން ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުކޮށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުވަނީ ކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާގައި ވަނީ 141 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން ފަސް މީހަކު ފިޔަވާ ދެން ތިބި އެންމެން ވަނީ ދޫކޮށްލާފައެވެ. ދޫކޮށްލި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވެސް ހިމެނިވަޑައިގަންނަވައެވެ.