Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ކޮންކޯޑް" ދޯނި ފެނިއްޖެ

މަހަށް ނިކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން ހޯދަން ފެށި މަރަދޫ "ކޮންކޯޑު" ދޯނި ފެނިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ހޯދާފައިވަނީ ސ. ގަމުގައި އޮންނަ ހެލިކެޕްޓަރުންނެވެ. ދޯނި ފެނިފައިވަނީ އައްޑޫ އާއި 32 މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ ދޯންޏަށް މިހާރު ހެލިކެޕްޓަރުން ބައެއް މީހުން ފައިބާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ފަންސަވީސް މީހުންނާ އެކު މަހަށް ނިކުމެ އުޅުނު ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ 8:30ހާއިރު އެވެ. އޭގެ ފަހުން ދޯންޏާއި ނުގުޅިގެން އެކަން ވަނީ އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ ދޯނި މިހާރު ދަތުރުކުރަމުން ދަނީ އައްޑޫ އާއި ދިމާލަށްކަމަށެވެ