Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިބޫ ދޫކޮށްލިކަމަށް ބުނެ ނިހާން ހެދީ ދޮގު: ރޮޒެއިނާ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް -- ރާއްޖެއެމްވީ ފޮޓޯ

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދާއި އެކު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބަންދުން ދޫކޮށްލާފައިވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށް އެމްޑީޕީގެ މެމްބަރުން ބުނެފިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބޫ ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ ނިހާން އައިޕީޔޫގެ ވަފުދަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިހާން ރާއްޖޭގެ އެހެން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިބޫ "ދޫކޮށްލި"ކަމަށް މައުލޫމާތު ނުދެއްވާ ކަމަށާއި، "ދޫކޮށްލާނެ" ކަމަށް ވިދާޅުވިކަމަށެވެ.

ނިހާން ވިދާޅުވީ އައިޕީޔޫގެ ވަފުދަށް މިހާރު އެ އޮޅުން ސާފުކޮށްދީފައިވާ ކަމަށެވެ.