Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި

ހިސާން އިތުރު ވަކީލަކާއެކު-

ޤާނޫނީ ވަކީލާ ހިސާން ހުސައިން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ހިސާން ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު 16:30 އަށެވެ.

އޭނާ ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. މިއަދު 16:30 ގައި ކޯޓަށް ހާޒިރުވާން ހިސާންއަށް އެންގި އިރު ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ޤާނޫނީ ވަކީލުގެ ހައިސިއްޔަތުން މިވަގުތު ވެސް ހިސާން ހުންނެވީ ކްރިމިނަލް ކޯޓަށް ވަޑައިގެން ކޯޓު ތެރޭގައިކަން ފާހަގަކޮށްލެވެ އެވެ.

ކްރިމިނަލް ކޯޓަށް ހިސާން މިއަދު ހާޒިރު ކުރާއިރު ހިސާން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް އިއްޔެ އެ ކޯޓުން ގެންދިޔަ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ވެސް އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ހިސާން ގެންދަވަނީ އިދިކޮޅު އެމްޑީޕީގެ ލީގަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވަމުންނެވެ.