Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ގައްދޫ ކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑްކޮށްފި

ގދ. ގައްދޫ ކައުންސިލް އިދާރާ، ފޮޓޯ: އައްޑޫލައިވް/ އިބްރާހިމް ހުސެއިން

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަށާފައިވާ ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ސިލްސިލާގެ ތެރެއިން ގދ. ގައްދޫ ކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑްކޮށްފިއެވެ.

އެލްޖީއޭއިން ގައްދޫ ކައުންސިލްއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެއް މަސް ދުވަހަށް ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އާއި ނައިބު ރައީސް އާމިނަތު ފަރުޒީނާ އަދި އެކައުންސިލް މެމްބަރު އާމިރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެ ތިން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށެވެ. އެލްޖީއޭއިން ބުނީ ކައުންސިލަރުން ސަސްޕެންޑް ކުރީ އެކައުންސިލަށް ލިބިގެން ނުވާ ބާރު ބޭނުންކޮށްގެން ނޫސް ބަޔާނެއް ނެރެފައިވާތީކަމަށެވެ.