Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

އީޔޫން ފިޔަވަޅެއް ނާޅާނެ: އައިބީ

ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ދިވެހިރާއްޖެ އާއި ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވަރުގަދަ ރައްދު ދެއްވައިފިއެވެ.

ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި ގޮތުގައި ޔޫރަޕާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުންތައް އެބައޮތް ކަމަށާއި އެހެންވެ ފިޔަވަޅު އަޅައިފި ނަމަ ޔޫރަޕަށް ވެސް ގެއްލުންވާނެ ކަމަށެވެ.

ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުގެ ބޮޑު އިންސައްތައަކީ ޔޫރަޕުގެ ޤައުމުތަކާއި އެކު ކުރެވޭ ވިޔަފާރީގެ މުއާމަލާތްކަން ފާހަގަކުރައްވައި މިސާލު ޖައްސަވަމުން އައިބީ ވިދާޅުވީ، "އަޅުގަނޑުމެން ގަންނަނީ އެމީހުންގެ ކިރު" ކަމަށެވެ.

އައިބީ މިހެން ވިދާޅުވި އިރު ރާއްޖޭގައި ޔޫރަޕްގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ވިއްކަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.