Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އިބޫ ގަޔަށް ބަޑި ނުޖެހިކަން އެއީ ނަސީބެއް: އައިބީ

'ފޭދޫގައި ފުނަ' ހަރަކާތް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އައިބީ ވާހަކަ ދައްކަވަނީ.

ޖުމްހޫރީ މައިދާން ސަރަހައްދުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހައްޔަރުކުރި އިރު އެބޭފުޅާގެ ގަޔަށް ސަލާމަތީ ޚިދުމަތްތަކުން ބަޑި ނުޖެހިކަން އެއީ "ނަސީބެއް" ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ސަރުކާރުން ކުރާ ހުރިހާ ކަމެއްގެ ދިފާޢުގައި އަބަދުވެސް ވާހަކަ ދައްކަވާ އައިބީ މިހެން ވިދާޅުވީ، ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"ނަސީބެއް ނުން އިބޫ ގަޔަށް ބަޑި ނުޖެހިކަން. ދިވެހިރާއްޖޭގައި މާ ރައްކާތެރިއެއް ނޫން. މާބޮޑަށް ޑިމޮކްރަސީ އެބައޮތެއްނު. ޓޭންކް ބައިތިއްބައިގެން ބަޑި ޖެހިނަމަ އެއްވެސް ސުވާލެއް ނުކުރެވޭނެ" އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ގްރީން ޒޯނަށް ވަދެއްޖެ ނަމަ އިތުރު އިންޒާރަކާއި ނުލައި ބަޑިޖަހާނެ ކަމަށެވެ. އަދި ގްރީން ޒޯނުން އަތުގައި ހިފާފައި ނެރެނީ ހަމައެކަނި ރާއްޖެއިން ކަމަށް އައިބީ ވިދާޅުވިއެވެ.

ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުން އިބޫ ގަޔަށް ބަޑި ނުޖެހުމުން ރާއްޖެ މާ ރައްކާތެރި ވެފައި މިނިވަން ކަމަށް އައިބީ ވިދާޅުވިއެވެ. އަދި ޓޭންކް ބައިތިއްބައިގެން ބަޑި ޖެހިނަމަ އެއްވެސް ސުވާލެއް ނުކުރެވޭނެ ކަމަށް އައިބީ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ އިސް އެއް ލީޑަރު ކަމުގައިވާ އިބޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން އެކަން އައިބީ ސިފަކުރެއްވީ، ޖުމްހޫރީ ޕާޓީން އެބޭފުޅާއަށް ދިން ލަނޑެއްގެ ގޮތުގައެވެ.