Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ސަސްޕެންޑްވެގެން ތިބޭނެ ކަމެއް ނެތް، މަސައްކަތަށް ނިކުމޭ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑްކޮށްފައިވާ ކައުންސިލަރުން މަސައްކަތަށް ނިކުމެ ވަޑައިގަތުމަށް އިބްރާހިމް އިސްމާއިލް (އިބުރާ) ގޮވާލައްވައިފިއެވެ.

އިބުރާ މިހެން ވިދާޅުވެފައި ވަނީ ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ މައްސަލަ އާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިބުރާ ވިދާޅުވީ، ކައުންސިލަރުން މަސައްކަތަށް ނިކުމެ ރައްޔިތުން އިންތިހާބުކޮށް ހަވާލުކުރި މަސައްކަތް ކުރަންވީ ކަމަށެވެ.

"ސަސްޕެންޑްކުރި ކައުންސިލްތަކުގެ މެންބަރުން ސަސްޕެންޑް ވެގެން ތިބޭނެ ކަމެއް ނެތް"

އެލްޖީއޭ އިން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާއި ބައެއް ކައުންސިލަރުން ވެސް ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތައް ސަސްޕެންޑް ކުރީ، ސުޕްރީމް ކޯޓުގެ ހުކުމެއް ތަންފީޒު ކުރުމަށް ގޮވާލައި ނެރުނު ޤަރާރަކާއި ގުޅިގެންނެވެ.