Last Updated: March 28, 21:27
Thursday, March 28, 2024
މުނިފޫހިފިލުވުން

"ސިމްބާ" ގެ ބަތަލާއަކީ ސާރާ

ރަންވީރު ސިންގް ފުލުހެއްގެ ރޯލް ކުޅޭ ފިލްމް "ސިމްބާ" ގެ ބަތަލާއަކަށް ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން ހަމަޖައްސައިފަ އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމްގެ ބަތަލާއަކަަށް ކުރީގެ ބަތަލާ އަމްރިތާގެ ސިންގްގެ ދޮށީ އަންހެން ދަރިފުޅު ހަމަޖެއްސިކަން، ޕްރޮޑިއުސަރު ކަރަން މިއަދު ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

"ސިމްބާ" އަށް ސާރާ ހަމަޖައްސާފައި މި ވަނީ އޭނާ ބޮލީވުޑަށް ތައާރަފުވާނެ ކަމަށް ބެލެވޭ ފިލްމް "ކެދަރުނާތު" ގެ ޑައިރެކްޓަރު އަބިޝެކް ކަޕޫރާއި ފިލްމް ޕްރޮޑިއުސް ކުރާ ކްރިއާޖް އެންޓަޓައިންމަންޓާ ދޭތެރޭ މައްސަލަތަކެއް ޖެހި، އެ ފިލްމްގެ ޝޫޓިން ވެސް ހުއްޓިފައި ވަނިކޮށެވެ.

މި އަހަރު ޑިސެބްމަބަރު 23 އަށް ތާވަލުކޮށްފައިވާ "ކެދަރްނާތު" ގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތު އެވެ.

"ސިމްބާ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރުގެ 28 ގަ އެވެ. އަދި ފިލްމްގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ.

މި ފިލްމަކީ 2015 ގައި ރިލީޒް ކުރި ކާމިޔާބި ތެލެގޫ ފިލްމް "ޓެމްޕާ" ގެ ރިމެކިންއެކެވެ.