ވޫލް އިން ތަކެތި ހަދަން ދަސްކޮށްދޭ ކޯހެއް ފަތްމިނި އެސޯސިއޭޝަން އޮފް ކްރިއޭޓިވް އެންޓްރަޕްރިނިއާ (ފޭސް) އިން އައްޑޫގައި ފަށާ ގޮތަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހުގެ 23-30 އަށް ކުރިއަށް ގެންދާ ކްރޮޝޭ ކޯހުގައި ބައިވެރިވާން 1،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް 7671357 ނުވަތަ 7750212 އިން އިތުރު މައުލޫމާތު ހޯދޭނެ އެވެ.
ފޭސް އިން ބުނީ ކޯހުގައި ބޭނުން ކުރާ ހުރިހާ ސާމާނެއް ބައިވެރިންނަށް ހިލޭ ފޯރުކޮށް ދޭނެ ކަމަށާއި ކޯހުން އެންމެ މޮޅު ބައިވެރިއަކަށް ކްރޮޝޭ ކިޓެއް ވެސް ހިލޭ ދޭނެ ކަމަށެވެ.
ކޯހުގައި ވޫލް އިން ކުޑަކުދިންގެ ހެދުމާއި ބޫޓާއި ސްޓާކީން ފަދަ ތަކެތި ހަދަން ދަސްކޮށް ދެވޭނެ އެވެ. އަދި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރާ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ދޭނެ އެވެ.
ކޯސް ކުރިއަށް ދާނީ ހިތަދޫގައި ކުރިން "ޓޫ ވޭވް" ފިހާރަ ހިންގި އިމާރާތުގަ އެވެ.