Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވިންޓަ ކޯނަރުގެ މަސައްކަތް މެކުހަށް

ވެރިރަށް މާލޭގައި ހުރި ކަޅުވަކަރު މިސްކިތް ނެގުމަށް ފަހު އެ ތަނުގައި އަޅާ ވިންޓަރ ކޯނާރގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވިންޓަރ ކޯނަރގެ މަސައްކަތާއި ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ވިންޓާ ކޯނާ އަކީ ސްނޯގެ އިހުސާސް ކުރެވި، ކުޑަކުދިންނަށް އައިސް ސްކޭޓް ކުރެވޭނެ ގޮތް ހަދާ ތަނެއް ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ވިންޓަރ ކޯނާގެ މަސައްކަތް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުންޏެވެ. އެހެން ނަމަވެސް މިހާރު ސަރުކާރުގެ ފަރާތުން ބުނަމުން ގެންދަނީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އެތަން ނިންމާލެވޭނެ ކަމަށެވެ.