މިިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި އިއުލާންކުރި ޣައިރު ޤާނޫނީ ކުއްލި ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.
Miadhu (20/3)
Fandiyaaru Ali Hameed 3:00 gai adhi
Uthama Fandiyaaru Abdulla Saeed 5:00 gai bandhaai medhu gotheh ninmumah Criminal Court ah haaziru kuraane pic.twitter.com/4JNZh24UY0— MDP Secretariat (@MDPSecretariat) March 20, 2018
އުއްތަމަ ފަނޑިޔާރު މިއަދު 17:00 ގައި ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު، އަލީ ހަމީދު ކޯޓަށް ހާޒިރުކުރަނީ 15:00 ގައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަމަށްވެސް މިއަދު ކޯޓަށް ހާޒިރު ކުރުމަށްވަނީ ނިންމާފައެވެ.
Miadhu (20/3)
Dhangethi Dhaairage
MP @MP_ilhamahmed 3:00 Machangolhi Dhekunu Dhaairage
MP @MPAbdullaSinan 4:30 adhi
Dhiggaru Dhaairage
MP @afarismaumoon 5:30 gai bandhaai medhu gotheh ninmumah Criminal Court ah haaziru kuraane pic.twitter.com/PKQspO4szw— MDP Secretariat (@MDPSecretariat) March 20, 2018
އެގޮތުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު 15:00 އަށް ކޯޓަށް ހާޒިރު ކުރާއިރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން ކޯޓަށް ހާޒިރުކުރަނީ 16:30 އަށެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ 17:30 ގައެވެ.