އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ދިނުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މަޑު ޖައްސާލައިފިއެވެ.
އެނގިފައިވާ ގޮތުގައި ވިސާ ދިނުން މަޑު ޖައްސާލާފައި ވަނީ ޓެކްނިކަލް މައްސަަލައެއް ދިމާވެގެންނެވެ.
ވިސާ ހޯދަން އެ ކޮމިޝަނަށް ދިޔަ މީހަކާއި ހަވާލާދީ ވީއެފްޕީ އިން ރިޕޯޓް ކުރާ ގޮތުގައި ހައި-ކޮމިޝަންގެ ސިސްޓަމަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ވިސާ ދިނުން އަންނަ އަންގާރަ ދުވަހާ ހަމަޔަށް ވަނީ މެދު ކަނޑާލާފައެވެ.
އެހެންނަމަވެސް "އާޖެންޓް" ކޮށް އެދޭ ވިސާ ނަމަ މިއަދުވެސް ބަލައިގަންނާނެ ކަމަށް ހައި-ކޮމިޝަންގެ އޮފިޝަލަކާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކުރެ އެވެ.
ނަމަވެސް އާއްމު އުސޫލުން ވިސާ ދޫކުރުން ވަނީ މިއަދުން ފެށިގެން އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހަމަޔަށް މެދު ކަނޑާލާފައެވެ.