Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ޝަރީއަތް ނިމެންދެން އަލީ ހަމީދު ބަންދަށް

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަލީ ހަމީދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ ރިޝްވަތު ހިފުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ދަތި ކުރުމާއި ދައުލަތް ހިންގުމަށް ދަތި ކުރުމުގެ ތުހުމަތުގައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނައްޓައިގެން ހައްޔަރު ކުރި އަލީ ހަމީދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރެއްވި އިރު އެކަމަނާގެ އަނބިކަބަލުން ފާޠިމަތު ނަސީރާވެސް ވަނީ ހައްޔަރުކޮށް ޖަލުގައި ބޭއްވުމަށްފަހު ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި މީގެ ދެ ދުވަސް ކުރިން ނަސީރާއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.