ސ. ހިތަދޫ، ދިރާމުލިގޭ ތެރޭގައި އޮތް ކާރެއްގައި ރޯކޮށް ބޭނުން ނުކުރެވޭވަރަށް އަންދާލައިފިއެވެ.
ހިތަދޫ އެސްޓިއޯ 137 ނަންބަރު ފިހާރައާއި އިންވެގެން ހުރި ގޭގައި އޮތް ކާރުގައި ރޯ ކުރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަންއޭރިއާއަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 2 ޖަހާކަށްހާ އިރުއެވެ
Addu City Hithadhoo, ge ehgai oiy Carehgai Roavi Alifaan MNDF Southern Area S.Hithadoo Fire Station ge Sifain Nihvaalaifi https://t.co/gXFWe8Q7ix pic.twitter.com/DvJRb2YuK5
— MNDF (@MNDF_Official) March 21, 2018
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، އެ ގޯތިތެރޭގައި ޕާރކްކޮށްފައި ހުރި ސައިކަލަކަށް ވަނީ ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައެވެ.

މިދިޔަ އަހަރުގައިވެސް ހިތަދޫގެ ފަސް ކާރެއް ވަނީ ރޯކޮށް އަންދާލާފައެވެ.