ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އެމް.އެން.ޔޫ ހިތަދޫ ކެމްޕަސް- ދޮންދީނި ވިންގުން ފަންޑް ރައިޒަރއެއް ބާއްވަން ހަމަޖައްސައިފިއެވެ.
މި ފަންޑްރެއިޒް ހަރަކާތާއި ބެހޭ ގޮތުން ދޮންދީނި ވިންގުން ބުނީ މިއަދު ހަރަކާތަށް ފައިސާ އެއް ކުރުމުގެ ގޮތުން ކަޕް ކޭކް ވިއްކުން ކުރިއަށް ގެންދާނެކަމަށެވެ. މި ހަރަކާތުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލްގެ ސެން ކުލާހަށެވެ.

މީގެ އިތުރުން ހޭންޑް ޕްރިންޓް ބެނަރ ހެދުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެކި ކުލަކުލައިގެ ނުގުޅޭ އިސްޓާކީނު ތުރުކުރައްވައިގެން ފޮޓޯ ނަންގަވާ، އިންސްޓަގްރާމަށް އަޕްލޯޑު ކުރުމަށްފަހު @mnuhc އަދި @ddw.mnusu ޓެގް ކުރެއްވުމަށް އަޕްލޯޑް ކުރުމަށްވެސް ދޮންދީނި ވިންގުން ވަނީ އެދިފައެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 އިން ފެށިގެން ރޭގަޑު 8 ޖަހަން ދެން ހިތަދޫ ކެމްޕަސް ކުރިމަތީގައެވެ.