Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިބޫގެ ބަންދުގެ މައްސަލަ އިސްތިއުނާފް ކުރަނީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ގެ ބަންދަށް 9 ދުވަސް ޖެހި މައްސަލަ އިސްތިއުނާފް ކުރަން ހުށައަޅައިފިއެވެ.

ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތު އިބޫގެ މައްޗަށް ކޮށްފައިވާއިރު ހުކުރު ދުވަހުގެ ރޭ އިބޫ ހައްޔަރުކޮށްފައިވަނީ އިދިިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ތެރެއިން ޖުމުހޫރީ މައިދާނަށް ވަންނަން އުޅުމުގެ ތެރޭގައެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 9 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައިވެއެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން އިބޫގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާރު ހުށައަޅާފައިވާއިރު އިބޫއާ ދެކޮޅަށް ކުރާ ތުހުމަތަށް ވަނީ އިންކާރު ކޮށްފައެވެ. އަދި އިދިކޮޅު ގިނަ މަޖިލިސް މެމްބަރުންނެއް ވަނީ އިބޫއާ ދެކޮޅަށް ކުރާ ތުހުމަތަކީ ގަބޫލުކުރެވޭ ފަދަ ތުހުމަތެއް ނޫން ކަމަށެވެ.