Last Updated: June 27, 21:32
Friday, June 27, 2025
ޚަބަރު

މައުމޫން ކޯޓަށް ހާޒިރުކޮށްފި

ރައީސް މައުމޫން ކޯޓަށް ހާޒިރުކުރަނީ - ފޮޓޯ: ވަގުތު)

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް މިއަދުވެސް އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްފިއެވެ.

މައުމޫން މިއަދު އަނެއްކާވެސް ކޯޓަށް ހާޒިރުކޮށްފައި ވަނީ އިއްޔެ އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމަށް ފަހު، 7 ގަޑިއިރު ވަންދެން ގިނިކަންޏާ ކޯޓުގައި ބެހެއްޓުމަށް ފަހު ރޭ 10:30 ވި ފަހުން ޝަރީއަތް ކެންސަލް ކޮށްފައިވާ ކަން އެންގުމުންނެވެ.

މައުމޫންގެ ވަކީލުން ވަނީ މިމައްސަލައާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އެއީ ސީދާ އެމަނިކުފާނަށް ދިން އަނިޔާއެއްގެ ގޮތުގައި އެ އަމަލު ސިފަކޮށްފައެވެ. ވަކީލުން ވަނީ މައުމޫނާއި ބައްދަލުކުރުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަންވެސް ކޮށްދީފައި ނުވާކަން ފާހަގަކޮށްފައެވެ.

މައުމޫން އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވަނީ އެމަނިކުފާނުންގެ ދިފާއީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ވަކީލް މައުމޫން ހަމީދު ރާއްޖޭގައި މިވަގުތު ނޫޅުއްވާތީ އެމަނިކުފާނު ރާއްޖެ އަންނަން ދެން ޝަރީއަތް ފަސްކޮށްދެއްވުމަށް ދެ ފަހަރު މަތިންވެސް އެދިވަޑައިގެންފައި ވަނިކޮށެވެ. އިއްޔެގެ އަޑުއެހުން ކެންސަލް ކޮށް، މިއަދުގެ އަނެއްކާވެސް ކޯޓަށް މައުމޫން ހާޒިރުކޮށްފައިވާއިރު ވަކީލް މައުމޫން މިހާރު ރާއްޖޭގައި އެބައުޅުއްވައެވެ.