Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ސިޔާދާއި ފާރިސް ކޯޓަށް ހާޒިރުކޮށްފި

ވިލާ ގުރޫޕުގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ސިޔާދު ޤާސިމް ލޯންޗުން ފައިބާވަޑައިގަންނަވަނީ-- ވީ ފޮޓޯ:

ރިޝްވަތުގެ ތުހުމަތުކޮށްފައިވާ ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ސިޔާދު އާއި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

ސިޔާދު އާއި ފާރިސް މިއަދު ކޯޓަށް ހާޒިރު ކުރި އިރު އެދެބޭފުޅުން ދޫކޮށްލުމަށް ގޮވާލައި ގިނަ ބަޔަކު ކޯޓާއި އެންމެ ކައިރިއަށް ދެވޭ ހިސާބުގައި އަޑު އުފުލާފައިވެއެވެ.

މިއަދު ފާރިސް މާލެ ގެނައިއިރު އަތް ވަނީ ބެންޑޭޖްކޮށްފައެވެ. އެއީ ގޮޅިތެރެއަށް ފާރިސް ވައްޓާލުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ސަބަބުންނެވެ.