Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

އިމްރާން މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި

ޝެއިހް އިމްރާން އަބްދުﷲ ޑޮކްޓަރަށް ދެއްކުމަށްފަހު ގެންދަނީ ފޮޓޯ: ރާއްޖެއެމްވީ

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އައިޖީއެމްޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

2015 މޭއި 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޓެރަރިޒަމް ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ އިމްރާން މިއަދު ޑޮކްޓަރަށް ދައްކާފައިވަނީ ސްކޭނެއް ހެދުމަށެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ މިއަދު އިމްރާން މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވަނީ ކުރިން އާއިލާއަށް އެންގުމަށްފަހުއެވެ.

އިމްރާންގެ ސިއްހީ ހާލުކޮޅު ދަށައް ދާކަމަށް ބުނެ އަދާލަތު ޕާޓީ އާއި އެމަނިކުފާންގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އިމްރާންގެ ލޭގައި ސޯޑިއަމްގެ ނިސްބަތް ސީރިއަސް ލެވެލެއްގައި ހުރުމާއި ގުޅިގެން އިތުރު ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރ ވަނީ އިރުޝާދު ދީފައެވެ.

ޝައިޚް އިމްރާން އަކީ ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ސުޕުރީމް ކޯޓުގެ އަމުރުގައި ދޫކޮށްލުމަށް އަމުރުކޮށްފައިވާ 9 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް އެކޯޓު އަމުރު ސަރުކާރުން ވަނީ ތަންފީޒު ނުކޮށް ފަނޑިޔާރުން ހައްޔަރުކޮށްފައެވެ.