Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ރާއްޖެ ޓީވީ ބަލާތީ "ނަލަ މައިޒާން" ރޫޅާލައިފި

ހއ. އިހަވަންދޫ ބަނދަރުމަތީގައި ހުންނަ "ނަލަ މައިޒާން" ފުލުހުން ރޫޅާލައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެ މައިޒާން މިއަދު ރޫޅާލާފައިވަނީ ސާޅީހަކަށް ފުލުހުން ގޮސް ކަމަށެވެ.

އެރަށުގެ ގިނަ ބަޔަކު ބޭނުން ކުރާ މި މައިޒާންގައި ގިނަ އިރު އަޅުވާފައި ހުންނަނީ ރާއްޖެ ޓީވީ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ހުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ މައިޒާން ހިމެނޭ ސަރަހައްދު ބަންދުކޮށް ބުރުމާ، ފަދަ ތަކެތި ބޭނުންކޮށް ތަން ރޫޅާލާފައެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ "ނަލަ މައިޒާން" އަކީ ކައުންސިލުން ބަލަހައްޓަމުންދާ ތަނެކެވެ. މިތަން ފުލުހުން ރޫޅާލުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ފަހަކަށް އައިސް ފުލުހުން ފެންނަނީ އެމްޑީޕީގެ ދިދަ ތިރި ކުރުމަށް ގަސްގަހަށް އަރައި އުޅޭތަނާއި މިފަދަ މައިޒާންތައް ރޫޅާލުމުގައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ.