Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ހަސަން ސައީދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު---

ރިޝްވަތުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހުސަން ސައީދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށް ފެބްރުއަރީ 5 ވަނަ ދުވަހު ހަސަން ސައީދު ހައްޔަރުކޮށް ދައުލަތުން ވަނީ ހަސަން ސައީދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައެވެ.

އެއީ ރިޝްވަތު ހިފުމުގެ ދައުވާއާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ފުލުހުން ބުނެފައިވަނީ ހަސަން ސައީދު ދިރިއުޅުއްވާ ކޮޓަރީގެ އެނދުގެ ގޮދަޑީގެ ދަށުން 350000 ރުފިޔާއާއި 3300 ޑޮލަރު ފެނިފައިވާކަމަށެވެ.

ތަފްސީލް އަންނަނީ…