Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ހިތަދޫ އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހިތަދޫ ބޮޑު މަގުގައި މިރޭ 9:15 ހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑު މަގުގައި ކުރިން "ރީތި ފޮޓޯ" ހިންގި އިމާރާތް ކުރިމަތިންނެވެ.

މިއެކްސިޑެންޓްގައި އެއް ސައިކަލް ދުއްވީ 18 އަހަރުން ދަށުގެ ކުއްޖެއްކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް އެމީހުންގެ ވަނަވަރެއް، ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.