Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

އެންމެ ބާރުގަދަ ފަރާތަކީ ޔާމީނެއް ނޫން: ރޮޒޭ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް -- ރާއްޖެއެމްވީ ފޮޓޯ

ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ހޫނު ހަމަލާއެއް ރައްދުކޮށްފިއެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވަނީ، ހައިލަމް އަކަސް ބިސާމް އަކަސް އެކުރާ އަމަލުތަކަށް ޒިންމާވަން ޖެހޭނެކަން ދަނެ ތިބެ އެކުރާ ކަމެއް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

"އެންމެ ބާރުގަދަ ފަރާތަކީ ޔާމީނެއް ނޫން، މާތް ﷲގެ ހަޟްރަތުގައި އެއްވެސް މީހަކަށް ވެވޭނެ ގަދައެއް ނޯންނާނެ. ވަގުތު ޖެހުނީމަ ނިމުނީ"

އެންމެ ބާރުގަދަ ފަރާތަކީ ރައީސް އަބްދުﷲ ޔާމީން ނޫންކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ، ﷲގެ ޙަޟްރަތުގައި އެއްވެސް މީހަކަށް ވެވޭނެ ގަދައެއް ނޯންނާނެ ކަމަށެވެ. އަދި ވަގުތު ޖެހުމުން ނިމުނީ ކަމަށެވެ.