Last Updated: June 28, 09:34
Sunday, June 28, 2026
ޚަބަރު

"ޕާނީ ޕޫރީ" ކާލަން ދާންވީ ފާސްޓް ފުޑަށް

ހިތަދޫ ފާސްޓް ފުޑް ރެސްޓޯރަންޓުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަފާތު ރަހަތަކުގެ ލިސްޓަށް އަނެއްކާ ވެސް އިތުރު ރަހަތަކެއް އިތުރުކޮށްލީ އެވެ. މި ފަހަރު ޕާނީ ޕޫރީ އެވެ.

އެއީ އިންޑިއާގައި ވަރަށް މަޝްހޫރު އަދި ދިވެހިންގެ ތެރޭގައި ވެސް މިހާރު ވަރަށް މަގުބޫލް ސްޓްރީޓް ފުޑެކެވެ. ތަފާތު އެކި ރަހަތަކުގެ ޕާނީ ޕޫރީ އައްޑޫ މީހުން ކާލަން ބޭނުން ނަމަ ދާންވީ ފާސްޓް ފުޑަށެވެ. އެތަނުގެ މެނޫ އަށް އެ ރަހަތައް އިތުރުވެ، އާންމުންގެ ތަރުހީބު ވެސް އަންނަނީ ބޮޑުވަމުންނެވެ.

އިންޑިއާގެ ރަހަތަކަށް ލޯބި ކުރާ މީހުންނަށް ޔަގީނުން ވެސް ޕާނީ ޕޫރީވެގެން ދާނީ ވަރަށް ހާއްސަ އެއްޗަކަށެވެ.